ގައުމަށް ދާން ބޭނުންވެފައި ތިބި އިތުރު 490 މީހަކު ފުރުވާލައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އާގުޅިގެން، ރާއްޖޭގައި ގައުމަށް ދާން ބޭނުންވެފައި ތިބި އިތުރު 490 މީހަކު ފުރުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ 198 މީހަކު މިއަދު އަނބުރާ ގައުމަށް ފޮޮނުވާލާފައިވާ ކަަމަށާއި، އެމީހުން ގައުމަަށް ދަނީ ކަނޑުމަގުން ކަމަށެވެ.

މީގެ އިތުރުން މިއަދު ލަންކާގެ 292 މީހަކު ވެސް ވަނީ ވައިގެ މަގުން ފުރުވާލައިފައެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި އިންޑިއާގެ 206 މީހަކާއި، ލަންކާގެ 12 މީހަކު ހިމެނެއެވެ.

މިހާތަނަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން 2،700 އަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފުރުވާލައިފަ އެވެ. ރާއްޖޭގައި އެކި މަސައްކަތްތަކުގައި 27،000 އެއްހައި އިންޑިއާ ރައްޔިތުން އުޅެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް