ޑރ. ވަހީދަށް ޕީޕީއެމް އިން ހާއްސަ މަގާމެއް ދެނީ

81

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕީޕީއެމް އިން ހާއްސަ މަގާމެއް ދިނުމަށް ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި މިރޭ ޕީޕީއެމް ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް ބެއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި މުހިންމު ނިންމުމެއް ނިންމެވުމަށް ވަނީ އެޖެންޑާކޮށްފައެވެ. ބެލެވޭ ގޮތުގައި ޑރ. ވަހީދަށް ދެއްވުމަށް މަޝްވަރާކޮށްފައިވަނީ އެ ޕާޓީގެ އެޑްވައިޒަރުކަމުގެ މަގާމެވެ.

ޑރ. ވަހީދު ވަނީ ޕީޕީއެމްއަށް ސޮއި ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމަށްފަހު، އެ އަހަރު ޑިސެމްބަރު މަސްތެރޭ، އަމިލައްފުޅު ޕާޓީ ގައުމީ އިއްތިހާދު އުވާލުމަށްފަހުއެވެ.

1 ހިޔާލު

  1. ޑރ ވަޙީދު ޕޕމ ގެ އެޑްވައިޒަރަކަށް ވުމުން ބޭރުދުނިޔޭގައި ޕޕމ ގެ ރޮއުންތައް އަޑު އިއްވަން ފަސޭހަވާނެ. ވަހީދަކީ މަގުމަތިން ކަނަތައްތައް ނިންމާނެ މީހެއްނޫންކަމަށް ގިނަބަޔަކު ގަބޫލުކުރޭ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ