އެމްޓީސީސީގެ ސީއެފްއޯ ހިލްމީ ވަޒީފާއިން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ސަން

އެމްޓީސީސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހިލްމީ ވަޒީފާއިން ވަކިކޮށްފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުން ހިލްމީ ވަކިކުރުމަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ކަމަށެވެ. ނަމަވެސް އެމްޓީސީސީގައި ދިހަ އަހަރު ހޭދަކޮށްފައިވާ ހިލްމީ އެކުންފުނިން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަމެއް ހާމަކޮށްފަ އެއް ނުވެއެވެ. އަދި އެ މަގާމަށް މީހަކު ހަމަޖައްސާފަ އެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ޕްރައިވެޓައިޒޭޝަން ބޯޓުން އެމްޓީސީސީގެ ސީއީއޯ އަކަށް އެންމެ ފުރަތަމަ އައްޔަނު ކުރީ ހަސަން ޝާހު ވެސް ވަނީ ޖެނުއަރީ މަހު ވަނީ އެމްޑަބްލިއުއެސްސީއަށް ބަދަލުކޮށްފައެވެ.

Loading

One Response

  1. ތިބޯޑު ބަރާބަރު. ކުރިން ވައްކަމަށް ހޭނިފައިތިބި މީހުން ބައިތިއްބައިގެން ހަމަ ގިނަކުންފުނިން ކުރިންވެސް ކުރިކަހަލަ ވައްކަމާއި ކަރަޕޝަން ހިންގަނީ. ވަގުންނާއި ގުޅުނީމާ އަވަހަށް އަންބޮޑިއަށް ބޮޑުވާނެ. މިހާރު ތިތަނުގައި ހުރި އެމްޑީ ބަރާބަރުވީމަ ތިހެން ތިހެދުނީ. އަސްލު މެނޭޖްމަންޓޭ ކިޔައިގެން ބޯޑަށް ތަންދޮރުނާންގައި އެމްޑީ ބައިވެރިވެގެން ގޭމް ޖައްސަނީ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް