އދގެ ސަލާމަތީ މަޖިލީހުގެ މެންބަރު ކަމަށް އިންޑިއާ އިންތިހާބްކޮށްފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: އދ

އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރުގެ މެމްބަރުކަމަށް އިންޑިއާ އިންތިހާބްކޮށްފިއެވެ.

އިއްޔެ އދގައި އޮތް އިންތިހާބުގައި، 2021 އިން 2022 ގެ ނިޔަލަށް އޮންނަ ދެ އަހަރުގެ ދައުރުގެ މެމްބަރުކަމަށް އޭޝިއާ ޕެސިފިކް ގްރޫޕުން އިންޑިއާ ހޮވުނީ އދގެ އާންމު މަޖިލީހުގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން 184 މެމްބަރުންގެ ވޯޓާއެކުއެވެ. އޭޝިއާ ޕެސިފިކް ގްރޫޕު ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލީ އިންޑިއާ އެކަންޏެވެ.

މިވަގުތު އދގެ ސެކިއުރިޓީ ކައުންސިލުގައި ތިބީ އެ ކައުންސިލުގެ ފަސް ދާއިމީ މެމްބަރުން ކަމުގައިވާ ޗައިނާ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ އިތުރުން، އެ ކައުންސިލުގައި ދެމިތިބޭނެ ނޮން-ޕާމަނަންޓް ފަސް މެމްބަރު ގައުމު ކަމުގައިވާ އެސްޓޯނިއާ، ވިއެޓްނާމް، ތޫނިސް، ނައިޖަރު އަދި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސްއެވެ.

މިހާތަނަށް ހަތް ފަހަރު ސެކިއުރިޓީ ކައުންސިލުގެ މެމްބަރުކަން ކޮށްފައިވާ އިންޑިއާއިން ކުރިއަށް އޮތް ދައުރަށް ވާދަކުރާނެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި އިންޑިއާއާ އެންމެ ވާދަވެރި ޕާކިސްތާނާއި ޗައިނާވެސް ހިމެނޭ ގޮތަށް، އޭޝިއާ ޕެސިފިކް ގްރޫޕުގެ ހުރިހާ މެމްބަރުން އޮތީ އެ ގައުމުގެ ކެންޑިޑަސީއަށް ތާއީދުކޮށްފައެވެ.

ކޮވިޑް19 އާ ގުޅިގެން އދގެ އާންމު މަޖިލީހުގައި ސެކިއުރިޓީ ކައުންސިލުގެ ވޯޓު ކުރިއަށް ގެންދިޔައީ ތަފާތު ގޮތަކަށެވެ. އެކި ގައުމުތަކުން ވޯޓުލާން ހާޒިރުވާން ތަފާތު ވަގުތުތަކެއް ދިން އިރު، މެމްބަރު ގައުމުތަކުގެ މަންދޫބުން ވޯޓުލާން ދިޔައީ މާސްކު އަޅައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް