ރާއްޖޭގެ ވައިގެ ބަނދަރު ހުޅުވާނެ ސީދާ ތާރީހް އިއުލާނު ކުރުމަށް ގޮވާލައިފި

ފޮޓޯ: ރާއްޖެ އެމްވީ

ކޮވިޑް-19ގެ ފުރަބަންދު ފިޔަވަޅުތައް ލުއި ދެމުން އަންނައިރު ރާއްޖޭގެ މައި ވައިގެ ބަނދަރު ހުޅުވާނެ ސީދާ ތާރީހް އިއުލާނު ކުރުމަށް ގޮވާލައިފިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާ ގަވާއިދުތަކަކާއެކު ޖުލައި މަހު ޓޫރިޒަމަށް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް ސީދާ ތާރީހް އަދިވެސް ހާމަކޮށްފަ އެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކޮވިޑް-19 އާ […]

މަގުމަތީން ފުރައްސާރަ ކުރި މައްސަލަ ނުބެއްލެވުމަށް ރައީސް ޑރ. ވަހީދު އެދިވަޑައިގެންފި

Maldives News

މަގުމަތީން ފުރައްސާރަ ކުރި މައްސަލަ ނުބެއްލެވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގެންފިއެވެ. ޑރ. ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ވަނީ ހަމަލާދީފައެވެ. އެމަނިކުފާނު ވަނީ  އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ. އެމަނިކުފާނުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހީމް ޖައުފަރު (ޖޯރޭ) އެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. […]

ކޮވިޑް-19 އާއި ދެކޮޅަށް އިނގިރޭސިވިލާތުން ހޯދި ފަރުވާއަކީ ބޮޑުކާމިޔާބީއެއް: ބޮރިސް

ކޮވިޑް-19 އަށް ފަރުވާ ކުރަން އިނގިރޭސިިވާލުގެ ސައިންޓިސްޓުން ހޯދި ފަރުވާއަކީ ބޮޑުކާމިޔާބީއެއްކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ސައިންޓިސްޓުންގެ ހޯދުމަށް ބޮރިސް ވަނީ ވަަރަށް ބޮޑަށް ތައުރީފްކުރައްވާ، އެކަން ބޮޑަށް ފާހަގަކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮރިސް ވަނީ ކޮވިޑް-19އަށް ވަަރަށް އަގު ހެޔޮ ބޭހަކުން ފަރުވާ ލިބޭ ކަމަށް އިއުލާންކުރައްވައިފައެވެ. ޑެކްސަމެތަސޯންގެ ނަމުން ނަން ދީފައިވާ ކުރިންވެސް އަދި މިހާރުވެސް އެކި ކަންކަމަށް ބޭނުންކުރާ މި ބޭހުން ގިނަ […]

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންސްގެ ރައީސްކަމަށް ކަސިޔަސް ވާދަނުކުރާނެ

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންސްގެ ރައީސްކަމަށް ކަސިޔަސް ވާދަނުކުރާނެ ކަމަށް އޭނާ ހާމަކޮށްފިއެވެ. ސްޕެއިންގެ ޤައުމީޓީމުގެ ކުރީގެ ކީޕަރު އިކާ ކަސިޔަސް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރަން ނިންމާ އެކަން ކަސިޔަސް އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. އެހެނަސް މިހާރު އެނާ ވަނީ އެ ހިޔާލު ދޫކޮށްލިކަން އިއުލާންކޮށްފައެވެ. ސަބަބަކަށް އެނާ ހާމަކޮށްފައިވަނީ ”ހަމަހަމަ އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް އޭނާ ޤަބޫލުނުކުރާތީ“ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އެކަން އޭނާ ވަނީ ރައީސްކަމަށް ކުރިމަތި ނުލާނެކަން ހާމަކޮށް ނެރުނު ބަޔާނުގައި […]