ކޮވިޑް-19 އާއި ދެކޮޅަށް އިނގިރޭސިވިލާތުން ހޯދި ފަރުވާއަކީ ބޮޑުކާމިޔާބީއެއް: ބޮރިސް

117
LONDON, ENGLAND - MARCH 22: British Prime Minister Boris Johnson gives his daily COVID 19 press briefing at Downing Street on March 22, 2020 in London, England. Coronavirus (COVID-19) pandemic has spread to at least 182 countries, claiming over 10,000 lives and infecting hundreds of thousands more. (Photo by Ian Vogler-WPA Pool/Getty Images)

ކޮވިޑް-19 އަށް ފަރުވާ ކުރަން އިނގިރޭސިިވާލުގެ ސައިންޓިސްޓުން ހޯދި ފަރުވާއަކީ ބޮޑުކާމިޔާބީއެއްކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސައިންޓިސްޓުންގެ ހޯދުމަށް ބޮރިސް ވަނީ ވަަރަށް ބޮޑަށް ތައުރީފްކުރައްވާ، އެކަން ބޮޑަށް ފާހަގަކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮރިސް ވަނީ ކޮވިޑް-19އަށް ވަަރަށް އަގު ހެޔޮ ބޭހަކުން ފަރުވާ ލިބޭ ކަމަށް އިއުލާންކުރައްވައިފައެވެ. ޑެކްސަމެތަސޯންގެ ނަމުން ނަން ދީފައިވާ ކުރިންވެސް އަދި މިހާރުވެސް އެކި ކަންކަމަށް ބޭނުންކުރާ މި ބޭހުން ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްދޭކަމަށް ބޮރިސް ވަނީ ވިދާޅުވެފައެވެ. އަދި ވަަރަށް އަގުވެސް ހެޔޮކޮށް ލިބޭނެ ބޭހެއް ކަންވެސް ބޮރިސް ވަނީ ފާހަގަ ކުރައްވާފައެވެ.

އިއްޔެއާ ހަމައަށް އިނގިރޭސިވިލާތުގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު 298,136 އަށް އަރާއިރު، މަރުވި މީހުންގެ އަދަދު 41,969 އަށް އަރައެެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ