ރާއްޖޭގެ ވައިގެ ބަނދަރު ހުޅުވާނެ ސީދާ ތާރީހް އިއުލާނު ކުރުމަށް ގޮވާލައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ރާއްޖެ އެމްވީ

ކޮވިޑް-19ގެ ފުރަބަންދު ފިޔަވަޅުތައް ލުއި ދެމުން އަންނައިރު ރާއްޖޭގެ މައި ވައިގެ ބަނދަރު ހުޅުވާނެ ސީދާ ތާރީހް އިއުލާނު ކުރުމަށް ގޮވާލައިފިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާ ގަވާއިދުތަކަކާއެކު ޖުލައި މަހު ޓޫރިޒަމަށް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް ސީދާ ތާރީހް އަދިވެސް ހާމަކޮށްފަ އެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ކަންތައްތަކެއް ރަނގަޅަށް ގޮސްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ބެހޭ ގޮތުން ރާއްޖޭގެ ސިއްހީ މާހިރުންނާއި ރާއްޖޭގައި މިކަމުގައި އުޅުއްވި އެންމެ ބޭފުޅުން އެކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދާއި އިތުބާރު އެ ފަރާތްތަކުގެ އަމިއްލަ ނަފްސަށް ހޯދާފައިވާ ކަން އަބްުދުލްޣަފޫރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދެން ވިސްނަންވީ ދިވަހި އިގްތިސޯދު ސަލާމަތް ކުރެވޭނެ ގޮތަކާއި މެދު ކަމަށެވެ.

ރާއްޖެ އަންނަން ބޭނުންވާ ވަރަށް ގިނަ ފަތުރުވެރިން ތިބިކަން ފާހަގަކޮށް އަބްދުލްޣަފޫރު ވިދާޅުވީ، އެ ފަރާތްތަކަށް ވެސް ރާއްޖެ އައުމުގެ ކަންތައްތައް ފެށޭނީ އެއާޕޯޓް ހުޅުވާލާނެ ތާރީހެއް އިނގުމުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް