ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންސްގެ ރައީސްކަމަށް ކަސިޔަސް ވާދަނުކުރާނެ

Loading

Facebook
Twitter
WhatsApp

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންސްގެ ރައީސްކަމަށް ކަސިޔަސް ވާދަނުކުރާނެ ކަމަށް އޭނާ ހާމަކޮށްފިއެވެ.

ސްޕެއިންގެ ޤައުމީޓީމުގެ ކުރީގެ ކީޕަރު އިކާ ކަސިޔަސް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރަން ނިންމާ އެކަން ކަސިޔަސް އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. އެހެނަސް މިހާރު އެނާ ވަނީ އެ ހިޔާލު ދޫކޮށްލިކަން އިއުލާންކޮށްފައެވެ. ސަބަބަކަށް އެނާ ހާމަކޮށްފައިވަނީ ”ހަމަހަމަ އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް އޭނާ ޤަބޫލުނުކުރާތީ“ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އެކަން އޭނާ ވަނީ ރައީސްކަމަށް ކުރިމަތި ނުލާނެކަން ހާމަކޮށް ނެރުނު ބަޔާނުގައި ސާފުކޮށް ބަޔާންކޮށްފައެވެ.

އެބަޔާނުގައި ކަސިޔަސް ބުނެފައިވަނީ “އަހަރެން ބޭނުންވީ ހަމަހަމަ އިންސާފުވެރި، އެންމެންނަށް އަޑުއުފުލޭނެ އިންތިޚާބެއްކަމަށާއި، ނަމަވެސް ކަންތައް ދިމާވަނީ އެހެނެއް ނޫން.” ކަމަށެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންސްގެ ރައީސްކަމަށް ކަސިޔަސް ވާދަނުކުރާނެކަމަށް ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ އެނިންމުން ބަދަލުކުރުމަށް އެދެމެންނެވެ. ގިނަ ބަޔެއްގެ ތާއީދު ކަސިޔަސް ފެޑެރޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމަށް އޮތް އިތު މި ނިންމުމުގެ ސަބަބުން ސްޕެއިނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ލުއިސް ރުބިއާލެސް އިންތިހާބަކާއި ނުލައި އަލުން އެމަޤާމަން އިންތިޙާބުވެގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް