ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ޖާބިރުގެ ކުއްލި މައްސަލައެއް މަޖިލީހަށް

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސިނާއަތުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އެފަރާތްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތުގެ މަތީން ދެ މަހަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހިފައިވާ ކަމަށެވެ.

އެއާއެކު އެތައް ހާސް ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ މުޅީން ހުއްޓި އެތައް ހާސް އާއިލާއެއް ބިކަ ހާލުގައި ޖެހިފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ބުނެފައިވާއިރު އެގޮތަށް ކަންތައް ވުމަށް މެދުވެރިވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުން ކަމަށް ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެ ކަންތައްތައް ހައްލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލައެއް ހުށަހަޅާ ކަމަށް ބުނެފައިވެއެވެ. އެ މައްސަލައިގައި ދެ ކަމެއް ހިމަނާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް