ޒިމްބާބުވޭގެ މުއްސަނދިން އޮޑިޓްކުރަން އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފި

Loading

Facebook
Twitter
WhatsApp

ޒިމްބާބުވޭގެ މުއްސަނދިން އޮޑިޓްކޮށް، އެމީހުންނަށް ފައިސާ ލިބުނު ގޮތް ހާމަ ނުކުރެވޭ ނަމަ އެމީހުންގެ މުދާ ހިފަހައްޓާނެ ކަމަށް ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޗެއާމަން ޖަސްޓިސް ލޮއިސް މަޓަންޑާ މޮޔޯ ވިދާޅުވީ، އެގައުމުން ވަނީ މުއްސަނދިންގެ ދިރިއުޅުމުގެ ހާލަތު އޮޑިޓް ކުރަން ނިންމާފައެވެ. އަދި އެމީހުން މުއްސަނދިވުމަށް ކުރި މަސައްކަތާއި އެ ފައިސާއިން އެމީހުން އެއްކުރި މުދަލާ އެއްވަރު ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިމްބާބުވޭއިން އެފަދައިން ބުނެފައި ވަނީ އެގައުމުގެ އިގުތިސާދު ފާއިތުވި 10 އަހަރު ތެރޭ ދަށް ނުވާ މިންވަރަކަށް މިހާރު ދަށްވެ، ކޮރަޕްޝަނާއި ފެންވަރު ދަށް ހިދުމަތްތަކާ ބެހޭ ގޮތުން ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް