އިހުތިޖާޖުތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރު އިއުލާން ކޮށްފައި ވާތީ، އިހުތިޖާޖުތަކާއި އެހެން ވެސް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

”ނަވާނަވައި“ގެ ނަމުގައި ހަރަކާތްތެރިވާ ވާތުފިޔައިގެ ޖަމްއިއްޔާއަކުން ވަނީ، ރައްޔިތުންގެ މަޖިލިސް ”ހޭލައްވާލަން“ މި ނަމުގައި އަންނަ ހޯމަ ދުވަހު މަޖިލިސް އިދާރާ ކައިރީ މުޒާހަރާ ކުރުމަށް ނިންމައިފަައެވެ.

އެ އިހުތިޖާޖުތަކަށް އިޝާރާތްކޮށް ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެގޮތަށް ބާއްވާ އެއްވުންތަކަކީ ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފައިވާ އެންގެވުމާ ހިލާފަށް ބާއްވާ އެއްވުމެއްކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ނަވާނަވައިން މުޒާހަރާ ކުރަނީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަމަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެެވެ.

Loading

One Response

  1. އަބަދުވެސް އެއިރަކު އޮންނަ ސަރުކާރަކަށް އޯކޭ އެއްނުވާނެ މަގުމަތިން ޖެއްސުމަކީ. ނަމަވެސް މުޒާހަރާ ކޮށްގެން ގެނައި ގާނޫނެކޭ ބުނާ ފަރާތްތައް އޯކޭ ވާންވާނޭ ހިތައްއަރާ. ވަކި ބަޔަކަށް އެޗްޕީއޭ ގެ ގަވައިދު ފްލޯޓްކުރަން އޯކޭ ވަންޏާ އަނެއް ބަޔަކަށްވެސް އޯކޭ ދެއްވީމާ ހަމަހަމަކަން ފެންނާނީ! ބަލަމާ ވާގޮތެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް