ހިޔާނާތުގެ ފައިސާގައި ޖެހުނު ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް ތަހުގީގު ފަށައިފި

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ފާހަގަވާ ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް އެމީހުންނާ ގުޅޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުސް އޮފީހުން ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ފާހަގަވާ ފަސް ފުުލުހެއްގެ އިދާރީ އަދި ޖިނާއީ ތަހުގީގުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެމީހުން މިހާރު ތިބީ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތެރޭގައިވެސް ހިޔާނާތުގެ ފައިސާގައި ޖެހުނު ފުލުހުން ތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތުކޮށްފައިވާ އިރު، އެމައްސަލަ މަޖިލީހުގެ 241 ކޮމިޓީއިންވެސް ދަނީ ބަލަމުންނެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިމެނޭ ގޮތުން ހަތް އޮފިސަރަކަށް ސްޕޮންސަޝިޕް އަދި އެހީގެ ގޮތުގައި ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށެވެ.

Loading

One Response

  1. ރަނގަޅު ފާލެއް. ދެންތިބި މީހުންވެސް ދުރުކުރޭ. މަޙުލޫފް. ޢަލީ ވަހީދު، މައުސޫމު، ނާނު، އައްޑޫ ޝަރީފު …….. ދެން މިހެންގޮސް އެ ބައިގަނޑުން ބޮޑު ބައެއް ފޮޅާލަބަލަ. ބުރޯ ކިޔައިދީފައި އެބަހުއްޓެއްނޫންތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް