ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓު ތައްޔާރުކުރީ އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު: އިނގިރޭސި ވިލާތް

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތަށް އެތެރެވާ މީހުންގެ ތެރެއިން ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވާތީ ފާޑުކިޔަމުންދަނިކޮށް، އެކަމަށް އިނގިރޭސި ސަރުކާރުން ޖަވާބު ދީފިއެވެ.

އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެގައުމުން ދަތުރުފަތުރުކުރާ މީހުންނަށް ލުއި ދޭން ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ގައުމުގައި ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވާ މިންވަރާއި، އެގައުމަށް އެތެރެވުމާ މީހުންނާމެދު އަމަލުކުރާ ގޮތްތަކާއި ގައުމުގެ އެެތެރޭގެ ހިފެހެއްޓުންތަކާއި އެ ގައުމެއްގައި ދަތުރުތައް ކުރުމަށް ހުރި އޮޕްޝަންސް އަދި ކަރަންޓީނު ކުރަންޖެހޭތޯ ނުވަތަ ނޫންތޯ، އާއި ސިއްހީ ދާއިރާގެ ކެޕޭސިޓީ ހިމެނޭ ކަމަށެވެ.

އިނގިރޭސިވިލާތުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭއިރު އެގައުމަށް ދާ މީހުންގެ ތެރެއިން ކަރަންޓީނުވާން ނުޖެހޭ ގައުމުތަކުގެ ލިސްޓުގައިވެސް ރާއްޖެ ހިމެނިފައެއް ނުވެއެވެ.

އެހެންކަމުން ރާއްޖެއަށް އިނގިރޭސި ފަތުރުވެރިން އައުމުގެ ފުރުސަތު މިވަގުތު ކުޑައެވެ. އަދި ރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުން 14 ދުވަހަށް ސެލްފް ކަރަންޓީނުވާން ޖެހޭނެއެވެ.

އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މިހާތަނަށް އެގައުމުގެ ގްލޯބަލް ޓްރެވަލް އެޑްވައިޒަރީ އަދި ބޯޑާ ރެސްޓްރިކްޝަން ލިސްޓުން ރާއްޖެ އުނި ނުކުރާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ގައުމުތައް އެ ލިސްޓުން މަދުކޮށް، އެ ގައުމުތަކަށް ދަތުރުކުރުން ފަސޭހަ ކުރާނެ ކަމަށެވެ. ހާލަތު ބަދަލުވަމުންދާ ވަރަކަށް ލިސްޓަށް ބަދަލު ގެންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް