ޓްރަމްޕްގެ ސިއްރު މައުލޫމާތު ހިމެނޭ ފޮތެއް ނެރުން އެމެރިކާގެ ކޯޓުން ހުއްޓުވައި ނުދިން

Loading

Facebook
Twitter
WhatsApp
In this July 17, 2019, photo, President Donald Trump arrives to speak at a campaign rally at Williams Arena in Greenville, N.C. (AP Photo/Carolyn Kaster)

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަޔާތާ ގުޅޭ ސިއްރު މައުލޫމާތު ހިމެނޭ އިތުރު ފޮތެއް ނެރުންވެސް ހުއްޓުވައި ނުދިނުމަށް އެގައުމުގެ ކޯޓުން ނިންމައިފިއެވެ.

ޓްރަމްޕްއާ ގުޅޭ ގޮތުން މިފަހަރު ފޮތް ލިޔުއްވައިފައިވަނީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަންހެން ބޭފުޅެއް ކަމަށްވާ މޭރީ ޓްރަމްޕްއެވެ. ދާދި ފަހުން އެމެެރިކާގެ ކުރީގެ ނެެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ޓްރަމްޕްއާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރުނު ހުއްޓުވަން އެދުމުންވެސް ކޯޓުން އެކަން ނުހުއްޓުވިއެވެ. މޭރީ ޓްރަމްޕް ލިޔުއްވި ފޮތްވެސް ނެރެނީ ބޯލްޓަން ލިޔުއްވި ފޮތް ނެރުނު ޕަބްލިޝަރު ސިމޯސް އެންޑް ޝަޓްސްޓާއިންއެވެ.

”ޓޫ މަޗް އެންޑް ނެވާ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވާލްޑްސް މޯސްޓް ޑޭންޖަރަސް މޭން“ގެ ނަމުގައި ފޮތް ލިޔުއްވި މޭރީއަކީ ޓްރަމްޕްގެ އެންމެ ދޮށީ ބޭބެ ފްރެޑް ޓްރަމްޕް ޖޫނިއާގެ ދަރިފުޅެވެ. ފޮތުގައި ޓްރަމްޕްގެ އެކިއެކި ގުޅުންތަކާއި އެކި ކަހަލަ ”އެބިއުސް“ގެ ވާހަކަތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް