ފެނަކަ އިން ވެސް ޖޫން މަހުގެ ބިލުން 40 އިންސައްތަ ޑިސްކައުންޓް ދެނީ

Loading

Facebook
Twitter
WhatsApp
ފޮޓޯ: ރާއްޖެ އެމްވީ

ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ.

ފެނަކަ އިން ބުނީ، އެ ކުންފުނިން ޖޫން މަހުގެ ރީޑިން ނަގާފައިވާނީ ގޭގެއަށް ގޮސްގެން ކަމަށެވެ. އަދި ބިލު ބޮޑުވެގެން ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި، އެކަމާ ގުޅިގެން ބެލި ބެލުމުން ފާއިތުވި ތިން މަހުގެ ތެރެއިން އެންމެ ކަރަންޓު ޔޫސޭޖު ކުޑައީ ޖޫން މަހު ނަމަވެސް، ސަބްސިޑީ ނުހިމަނާ ފޮނުވާފައިވާ ބިލަކަށްވާތީ، ބިލުގެ އެމައުންޓު ބޮޑު ކަމަށް ދައްކާ ކަމަށެވެ.

އެ ކުންފުނިން ޑިސްކައުންޓް ދޭން ނިންމިއިރު ޖޫން މަހުގެ ބިލުންވެސް 40 އިންސައްތަ ކަނޑާލަން ސްޓެލްކޯއިންވެސް މިހާރު ވަނީ ނިންމައިފައެވެ.

ސްޓެލްކޯގެ ބިލްތަކުން ޑިސްކައުންޓް ދޭން ނިންމިއިރު މިދިޔަ މަހުގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑުކަމަށްބުނެ އާންމުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ.

ކޮވިޑާ ގުޅިގެން ސްޓެލްކޯއެކޭ އެއްގޮތަށް ފެނަކައިންވެސް ކަރަންޓު މީޓަރުގެ ރީޑިން ނަގައިފައިވަނީ ކަސްޓަމަރުން ފޮނުވި ފޮޓޯތަކުގެ މައްޗަށް ބަލައިގެންނެވެ. ރީޑިންގެ ފޮޓޯ ނުލިބޭ ތަންތަނުގެ ބިލު ހެދީ އެވްރެޖު ބިލެއް ކަމަށާއި އެގޮތުން އޭގެ ކުރީ ތިންމަހުގެ އެވްރެޖު ބަލައި، ބިލު ހެދި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް