އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު 4 އިންސައްތަ އިތުރުވެއްޖެ

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު 4 އިންސައްތަ އިތުރުވިކަމަށް އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިމާރަތްކުރުމުގެ ދާއިރާއަށް ކޮމާޝަލް ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 4 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭ ހިމެނެނީ ގެދޮރު އިމާރާތްކުރުމަށާއި ރިސޯޓު ޑިވެލޮޕްމެންޓަށ ދޫކުރި ލޯނެވެ.

ނަމަވެސް ރިއަލް އެސްޓޭޓު ވިޔަފާރީގެ އެހެން ކަންތަކަށް ދޫކުރި ލޯނާއި ރިސޯޓު މަރާމާތަށް މި މުައްދަތުގައި ދޫކުރި ލޯނުގެ އަދަދު ދަށްކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައިވާގޮތުން 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އިމާރަތްކުރުމުގެ ދާއިރާ އަށް ކުޑަ ކުރިއެރުމެއް އައިނަމަވެސް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާ ވަނީ މަޑުޖެހިފަ އެވެ.

އިމާރަތް ކުރުމުގެ ދާއިރާ އަށް އެތެރެކުރި މުދަލުގެ އަދަދު މި މުއްދަތުގައި ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް