ސަރުކާރު ޒިންމާދާރުކުރުމަށް މަގުމައްޗަށްވެސް ނުކުންނަން ކެރިވަޑައިގަންނަވާނެ: ރައީސް ޑރ. ވަހީދު

Loading

Facebook
Twitter
WhatsApp

މި ސަރުކާރު ޒިންމާދާރުކުރުމަށް މަގުމައްޗަށްވެސް ނުކުންނަން ކެރިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. ވަހީދު ވަނީ އިދިކޮޅު ހަރަކާތުގެ އިސްސަފުގައި މަސައްކަތް ކުރުމަށް އެ ކޯލިޝަންގެ ސްޕެޝަލް އެެޑްވއިޒަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އިދިކޮޅުން އެ މާގާމު އެމަނިކުފާނަށް އެރުވިކަން އިއުލާން ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ރައީސް ޑރ. ވަހީދު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެ، ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ.

މި ސަަރުކާރުން ބަޖެޓު ހިތު ހުރި ގޮތަކަށް ހަދައި، އެކި ފަރާތްތަކަށް ”ބައި އަޅާފައިވާ“ ކަމަށް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ރައްޔިތުން ތިބީ ވަރަށް ބިކަ ހާލުގައި ކަމަށާއި، އިދިކޮޅު ހަރަކާތްތަކުގެ އަޑު ވަރުގަދަކޮށް، ސަރުކާރު ޒިންމާދާރުކުރުމަށް ރައްޔިތުންގެ އަޑު އުފުލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ ހަަރަކާތްތައް ހިންގުމުގައި އެމަނުކުފާނުގެ ބޮޑު ތަސައްވަރެއް އޮބައޮތް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އުންމީދަކީ އިދިކޮޅު ކޯލިޝަނަކީ ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގަދަ ސިޔާސީ ހަރަކާތައްކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް