ޑރ. ޖަމީލް ޕީޕީއެމަށް ސޮއިކުރެއްވުމާއެކު، ޕާޓީގެ އެޑްވައިޒަރުކަން ދެއްވައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ސަން

ރައީސް ޔާމީންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމާއެކު އެ ކޯލިޝަންގެ އެޑްވައިޒަރުކަން ދެއްވައިފިއެވެ.

އެމަނިކުފާނު ޕީޕީއެމަށް ސޮއިކުރެއްވީ ރޭ އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. ޕީޕީއެމަށް ސޮއި ކުރެއްވި ފޯމް ޑރ. ޖަމީލް ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވާފައެވެ.

ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް އޮތް ހައްލަކީ، ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތްކޮށް، އެމަނިކުފާނު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރުން ކަަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އެންމެ ފަހުން ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އަދި އެޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް