މާދަމާ އިން ފެށިގެން ނުގަވާއިދުން ޕާކް ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ

Loading

Facebook
Twitter
WhatsApp

މާދަމާ އިން ފެށިގެން މާލޭ ސިޓީގައި ގަވައިދާ ހިލާފަށް ޕާކް ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިަމަހުގެ އެކަކުން ފެށިގެން ނިއުނޯމަލް އަށް ބަދަލުވެފައިވާތީވެ، ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކާ މެދު ގަވާއިދާ އެއްގޮތަށް މާދަމާ އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅާނެ ވަކި ފިޔަވަޅެއް ފުލުހުން ހާމަ އެއް ނުކުރެެއެވެ.

ފުލުހުން ވަނީ ފިޔަވަޅު އަޅާނެ ތަންތަންވެސް ފާހަގަކޮށްފައެވެ. މިސްކިތްތައް ކައިރި، ކަފި ހުރަސް، އަރިމަތީ ދެ ރޮނގު ދަމާފައިވާ ސަރަހައްދު، ގޯޅި ތަކުގެ ކަންމަތި، ސްކޫލްތައް ކައިރި، ހޮސްޕިޓަލްތައް ކައިރި، ބެންކްތައް ކައިރި، ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދު، ފުލުހުންގެ ކޯން/ ބެރިކޭޓް ބެހެއްޓިފައިވާ ސަރަހައްދުއަދި ހާއްސަ ޒޯންތަކުގައި ނުގަވާއިދުން ޕާކް ކޮށްފައިވާ އުޅަނދުތަކަށް ފުލުހުން ފިޔަވަޅު އަޅާނެ އެވެ.

ބައެއް ފަހަރު ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ފުލުހުން ޓޯކޮށްގެން ގެންދެއެވެ. ނުވަތަ ގިނަފަހަރު ޖަހަނީ ސްޓިކާއެވެ. ޕާކު ކުރުމުގެ ގަވާއިދުތަކާ ހިލާފުވުމުން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު ނަމަ 250 ރުފިޔާ، ދެވަނަ ފަހަރު ނަމަ 500 ރުފިޔާ އަދި އިތުރުވާ ކޮންމެ ފަހަރަށް 750 ރުފިޔާގެ ރޭޓުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން 36،963 އުޅަނދުގައި ވަނީ ސްޓިކާ ޖަހައި ޖޫރިމަނާކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ވެސް ޓްރެފިކް ޖޫރިމަނާތަކުން 31 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް