ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަނީ

Loading

Facebook
Twitter
WhatsApp

ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޓްރަމްޕްގެ ސަރުކާރުން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ ”ފޮރިން ޕޮލިސީ“ ބުނާގޮތުން އެމެރިކާގެ ދިފާއީ ވުޒާރާގެ ސިޔާސީ މުވައްޒަފުންނަށްވަނީ އިންތިޚާބުގައި ޓްރަމްޕަށް ވޯޓުލާނެކަމަށް ނުބެލެވޭ މުވައްޒަފުން ވަކިކުރާނެކަމުގެ ނުސީދާ އިންޒާރެއް ލިބިފައެވެ.

ދާދިފަހުން ވައިޓް ހައުސްގެ ބައެއް މަސްއޫލުވެރިން ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންނާ ކުރި އިންޓަވިއުތަކަށްފަހު އެފަދަ ނުސީދާ އިންޒާރުތައް ބައެއް މުވައްޒަފުންނަށް ލިބިފައިވާ ކަމަށާ އެކަމާގުޅިގެން ގިނަ މުވައްޒަފުންތަކެއް ކަންބޮޑުވެފައިވާ ކަމަށް އެފަރާތްތަކާ ހަވާލާދީ ”ފޮރިން ޕޮލިސީ“ ބުނެއެވެ.

ޕެންޓަގަން އާ އަދި އެމެރިކާގެ އެހެން ވުޒާރާތަކާއި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ މުވައްޒަފުންނަށް ވައިޓް ހައުސްގެ ޕާސަނަލް ކަންތައްތަކާބެހޭ ޑިޕާޓްމަންޓުންވަނީ އީމެއިލްތަކެއް ފޮނުވާފައެވެ. އެޑިޕާޓްމަންޓުގެ ފަރާތުން ސިޔާސީ މުވައްޒަފުންނާ ބައްދަލުކޮށް އިންޓަވިއު ކުރަން ބޭނުންވާކަން އަންގާފައިވަނީ މި އީ މެއިލްތަކުން ކަމަށްވެއެވެ.

މި އީމެއިލްތަކާ އެއްގޮތަށް ވައިޓް ހައުސްގެ މުވައްޒަފުން ބައްދަލުކުރި ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންގެ ފެންވަރާއި ހުނަރާ އަދި ސެޓްފިކެޓްތަކާއި ލިބިފައިވާ ތަޖްރިބާއާއި ޕާފޯމަންސް ބަލާފައިވާއިރު ޓްރަމްޕްގެ ދެވަނަ ދައުރުގައި ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ބޮޑުވާނީ މީގެތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަނޅު މުވައްޒަފުންކަމަށް އިންޓާވިއު ކުރި މީހުން ބުނެ ނުސީދާ އިންޒާރުތަކެއް ދީފައިވާ ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް