ބޭނުމީ ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ހެދުން: ރައީސް

Loading

Facebook
Twitter
WhatsApp

ބޭނުންފުޅުވަނީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ނަޒާހަތްތެރި، ޕްރޮފެޝަނަލް މުއައްސަސާއަކަށް ހައްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ވަނީ ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިިވާ މަސައްކަތާއި މިހާރުވެސް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ހުރިހާ ފުލުހުންނަށް ޝުކުރުއަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް، އާއިލާތަކާ ދުރުގައި ފުލުހުން ފުރާނަ އަތްމައްޗަށް ލައިގެން ކުރި މަސައްކަތަކީ އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

ފުލުހުންނަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާކުރާ، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން، ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ބޮޑުވެފައި މުހިންމު ކަމަށެވެ.

އަދި ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމާ ހަވާލުވެ ތިބީ ވަރަށް މުހިންމު ވައުދުތަކަކާއެކު ކަމަށާއި، އޭގެތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދީ، މުޖުތަމައުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށްދީ، އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޝިއާރަކީ ހިމާޔަތްކުރުމާ ހިދުމަތް ކުރުން ކަމަށްވާއިރު، އެ ޝިއާރުގެ މަތީގައި ފުލުހުން ދެމިތިބިކަން، އަމަލީގޮތުން ސާބިތުކޮށްދެމުން އަންނަ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް