ކޮވިޑް-19ގެ ސަބަބުން އެމެރިކާ އިން އިތުރު 993 މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 993 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ ފާއިތުވި 27 ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް ގިނަވަމުންދިޔަ ނަމަވެސް، މަރުވާ މީހުންގެ އަދަދު އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ. ހޯމަ ދުވަހު ވެސް އެމެރިކާ އިން މަރުވީ 378 މީހުންނެވެ. އާދީއްތަ ދުވަހު މަރުވީ 262 މީހުންނެވެ.

އިއްޔެ އެމެރިކާ އިން 55462 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރު ވަމުން އައި ނަމަވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވެފައި ވަނީ ޓެސްޓް ކުރުން އިތުރު ކުރުމުންނެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން ބައެއް ސްޓޭޓްތަކުން ވަނީ ޕާކްތަކާއި އާއްމުން ގިނައިން އެއްވާ ބައެއް އެހެން ތަންތަން ވެސް ބަންދު ކުރަން ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް