ބްރެޒިލްގެ ރައީސް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

Loading

Facebook
Twitter
WhatsApp

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ބޮލްސޮނާރޯ ކޮރޯނާވައިރަހަށް އިއްޔެ ހަތަރުވަނަ ފަހަރު ޓެސްޓު ކުރެއްވީ ހުން އައިސް، ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ.

ބޮލްސޮނާރޯ ވައިރަހަށް ޕޮޒިޓިވްވިކަން މިއަދު އިއުލާން ކުރެއްވީ ރައީސްގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އަދި ބޮލްސޮނާރޯ ވަނީ ބަލި ޖެހުނު ނަމަވެސް، ބިރު ގަންނަން ޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ބޮލްސޮނާރޯ ވަނީ ކޮވިޑް-19 އަކީ ”އާދައިގެ ރޯނގާ“އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ފުރަބަންދު ކުރުމުން ގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމަށް ވިދާޅުވެ، ފުރަބަންދުގެ ހާލަތު އުވާލުމަށް ސަރަހައްދީ ގަވަރުނަރުންނަށް ހިތްވަރު ދެއްވާފަ އެވެ.

މީގެ އިތުރުން ބްރެޒިލްގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުން ދަނިކޮށް، ބޮލްސޮނާރޯ ވަނީ މާސްކު އެޅުމާއި ޖިސްމާނީ ގައިދުރު ކުރުމުގެ ގަވާއިދުތަކަަށް އަމަލު ނުކުރައްވާ ބޮޑެތި އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ބްރެޒިލް އަކީ މިހާރު ކޮރޯނާވައިރަސް ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް