"ފެއިލް ވެއްޖެ" ނަމުގައި އިދިކޮޅު ޖަލްސާއެއް ބާއްވަން ނިންމައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ސަން

”ފެއިލް ވެއްޖެ“ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިއަދު އެ ކޯލިޝަންގެ އޮފީސް ހ. ހުރަފައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ސަރުކާރު ހުރިހާ ކަމަކުންވެސް ފެއިލްވެފައިވާ ކަމަށެވެ. ޖަލްސާގެ ބޭއްވުމުގެ ބޭނުމަކީ ސަރުކާރު ހަމަމަގަށް އަޅުވައި، ސަރުކާރު ޒިންމާދާ ކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަގުމައްޗަށް ނުކުންނަށް ހިސާބަށް ކަންކަން ދިޔައީ، ސަރުކާރު ޖަވާބުދާރީކުރުމަށް އިދިކޮޅުން ކުރި މަސައްކަތައް ސަރުކަރުން ބީރު ކަންފަތެއް ދިނުމުން ކަމަށެވެ.

އިދިކޮޅުން ހުކުރު ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، އެޗްޕީއޭ އިން އަންގާފައިވަނީ 30 އަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއް ނުވުމަށެވެ.

އެންމެ ފަހުން އިދިކޮޅުން ޖަލްސާއެއް ބާއްވާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިދިޔަ ފެބްރުއަރީ މަސްތެރޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް