ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުވެސް މަގާމުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ.

ހައްސާން މަގާމުން ވަކިކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރީގެ މިނިސްޓަރު އަލީ ވަހީދު ހިންގަވާފައިވާ ކަމުގެ ޝަކުވާ އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން، އޭނާ މިއަދު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކުރީގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރުކަމުގައި ހުންނެވި ހައްސާން ވިދާޅުވީ އޭނާ މަގާމުން ވަކިކުރިކަމުގެ ލިޔުން ލިބިފައިވާ ކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ހައްސާން ވިދާޅުވީ އޭނާއަށް ”އެނގިގެން އޮފީސްތެރޭ އެފަދަ ކަމެއް ނުހިނގާ“ ކަމަށެވެ.

މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރުމުގެ ކުރިން އޭނާ އިސްތިއުފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެންގެވިއެވެ. ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވުމުން ވަނީ މަގާމުން ވަކިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް