ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ: ސައިންސުވެރިން

Loading

Facebook
Twitter
WhatsApp
People wearing protective masks use hand sanitizer while sitting in Union Square in San Francisco, California, U.S., on Wednesday, March 4, 2020. The city's surrounding counties have reported some of the country's first instances of community transmission, which is keeping tourists and even some residents at home -- a phenomenon already starting to ripple around the country, hitting business owners and threatening broader damage to the economy. Photographer: David Paul Morris/Bloomberg via Getty Images

އާ ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް 239 ސައިންސުވެރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސްގައިވާ ގޮތުން ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު ވުމުންނެވެ. އަދި ވައިގެ ތެރޭގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އާ ފިޔަވަޅުތައް އެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެފަދަ ފިޔަވަޅު އެޅި ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމުގައި މާބޮޑު ތަފާތެއް ނާންނާނެ ކަމަށް ސިއްހަތު ޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް 32 ގައުމެއްގެ 239 ސައިންސުވެރިން ޑަބްލިޔުއެޗްއޯއަށް ފޮނުވާ ސިޓީގައިވާ ގޮތުން ވައިރަސް ކްލަސްޓާތަކުން ލިބެމުންދާ މައުލޫމާތުން ދޭހަވާ ގޮތުގައި ވައިރަސް ވައިގެ ތެރެއިން ފެތުރުމުގެ ނުރައްކާ ޑަބްލިޔުއެޗްއޯއިން ބުނާ ވަރަށް ވުރެ ބޮޑެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނަމުން ދަނީ، ވައި ރަނގަޅަށް ދައުރުވާ ހޮސްޕިޓަލްތަކުގައި ހަދާފައިވާ ދިރާސާތަކަށް ބިނާކޮށް ކަމަށާއި އާއްމު ގޮތެއްގައި އެހެން އިމާރާތްތަކުގައި އެގޮތަށް ވައި ދައުރު ނުވާނެ ކަމަށް އެމެރިކާގެ ވާޖީނިއާ ޓެކް ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ އެޔާބޯން ވައިރަހުގެ މާހިރެއް ކަމަށްވާ ލިންސޭ މާ ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް