ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ އިން ހަދިޔާކުރި ފެރީ ސަރުކާރާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ފޮރިން މިނިސްޓްރީ

ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ ސަރުކާރުން ހަދިޔާކުރި ފެރީ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ. އެ ލޯންޗް ޑިޒައިންކޮށް އުފައްދާފައިވަނީ އިންޑިއާއިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން، އެގައުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލޯންޗްގައި 30 ދަރިވަރުންގެ ޖާގަ އޮންނަ ކަަމަށެވެެ. ފެހެންދޫއަކީ ވަަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ ރަށެކެވެ. އާބާދީ މަދުވުމުން 2008 އިން ފެށިގެން ސްކޫލް ބަންދުކޮށްފައިވާތީ އެރަށުގެ ދަރިވަރުން ކިޔަވަންދަނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫގެ ސްކޫލަށެވެ.

ނަމަވެސް ގޮއިދޫއަށް ކުޑަކުޑަ ޑިންގީއެއްގައި ދާން ޖެހޭތީ ދަރިވަރުނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެއެވެ.

އިންޑިއާއިން ހަދިޔާ ކުރި ލޯންޗާއެކު ފެހެންދޫއާއި ގޮއިދޫގެ ދެމެދު ކުރެވޭ އެ ދަތުރު ފަސޭހަވެ ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން އިތުރުވެގެން ދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް