ބޯޑަރު ހުޅުވާލާ ދުވަހު އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެއް

Loading

Facebook
Twitter
WhatsApp

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެ އަންނަން މިހާތަނަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސް އެކަންޏެވެ. އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. އަދި އެތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ތާވަލުކޮށްފައިވާއިރު އަބޫދާބީއާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ.

މީގެ އިތުރުން ދެން ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި، އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން ހިމެނެއެވެ.

ސްވިޒަލޭންޑުގެ އެޑެލްވައިސް ދަތުރުތައް ސެޕްޓެމްބަރުގައި ފަށަން ތާވަލުކޮށްފައިވާއިރު، ޓާކިޝް އެއާގެ ދަތުރުތައް އޮކްޓޯޯބަރު މަހު ފަށަން ވަނީ ތާވަލުކޮށްފައެވެ.

އެމްއޭސީއެލް އިން ބުނީ މި ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް