ކޮވިޑް ކޮންޓްރޯލްނުވެ ދިގުލާނަމަ ގައުމުތައް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން އިނދަޖެހިދާނެ: ޑަބްލިޔުއެޗްއޯ

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ކުރީކޮޅަށްވުރެ ކޮވިޑް-19 މިހާރު ފެތުރެމުންދާ ވަރު މިހާރު މާ ބޮޑުކަމަށާ އެރޯގާ ކޮންޓްރޯލްނުވެ ދިގުލައިގެންދާނަމަ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއެސުސް ވިދާޅުވީ ބައެއް ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް އަނެއްބައި ގައުމުތަކުގައި ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދަނީ ބިރުވެރި މިންވަރަކަށް ކަމަށާ އެރޯގާ ޖެހުނު މީހުންގެ އަދަދަށްބަލާއިރު އެންމެ ބޮޑަށް ފެތުރިފައިވަނީ ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކަމުގައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރެވުނު ނަމަވެސް އަދި ނުކުރެވުނު ނަމަވެސް ޑރ. ޓެޑްރޮސް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދިވެސް ގައުމުތަކަށް އެބައޮތް ކަމުގައެވެ. ފާއިތުވި ދޮޅުމަހަކީ އިގްތިސާދީ ދަތިތަކަށް ބެލުމަށްފަހު ދުނިޔޭގެ ގައުމުތަކުން ނިޔުނޯމަލްއަށް ގޮސް އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގެން އުޅޭ ދޮޅުމަހެވެ.

ކޮވިޑް-19 ނައްތާނުލެވުނު ނަމަވެސް އެ ރޯގާ ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށް ކޮންޓްރޯލްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ، ނިއުޒިލޭންޑް، ޔޫރަޕްގެ ގިނަ ގައުމުތައް ދެކުނު ކޮރެއާ އަދި ޖަޕާން އަދި މެލޭޝިއާ ހިމެނެއެވެ. ނަމަވެސް އެމެރިކާ، ބްރަޒީލް، އިންޑިއާ އަދި ރަޝިއާ ހިމެނެނީ ކޮވިޑް-19 ކޮންޓްރޯލް އެއްވެސް ވަރަކަށް ކޮންޓްރޯލް ނުކުރެވުނު ގައުމުތަކުގެ ތެރޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް