އީނާސް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ: މެމްބަރު ސިރާޖު

Loading

Facebook
Twitter
WhatsApp

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސްކަމުން އިސްތިއުފާދެއްވި އައިމިނަތު އީނާސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަވަން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މެމްބަރު ސިރާޖު ވިދާޅުވީ، ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވުމަށް އަންގާފަައިވަނިކޮށް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ ކަމަށެވެ. އަދި، އީނާސްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީ ހުސައިން ޝަމީމްގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ އެތައް މައްސަލަތަކެއް ހިނގަމުން ދިޔަ އިރު އެޗްއާރްސީއެމްގެ މެމްބަރުން ޒިންމާ އަދާ ކޮށްފައި ނުވާ ކަމަށް ބުނެ، މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި ވަނީ އެޖެންޑާކޮށްފައެވެ. އެ މައްސަލާގައި ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުވާން އީނާސްއަށް އަންގާފައި ވަނިކޮށް، މިއަދު އޭނާ ވަނީ އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާއާ އެކު އެ ކޮމިޝަނުގެ މެމްބަރު އައިޝަތު އަފްރީން މުހައްމަދުވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ރައްޔިތިންގެ މަޖިލީހުގެ ހިއަމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިން މައްސަލަ ބެލި އިރު އީނާސްގެ މައްޗަށް ޖިނާއީ ތުހުމަތުތައް ކުރެވޭ ފަދަ މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް