އަޑީ ދައުލަތުގެ ހަގީގަތް ހޯދަން މަޖިލީޙަށް ހުށައެޅީ މަރުގެ އިންޒާރު ލިބެމުންދާތީ: ޖާބިރު

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ބުނެ ’އަޑީދައުލަތުގެ‘ ހަގީގަތް ހޯދުމަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ’އަޑީ ދައުލަތު’ގެ ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ.

އެގޮތުން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުން ވެސް ’އަޑީ ދައުލަތުގެ‘ ބިރުވެރިކަން ވަޒަންކުރެވިފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ގާނޫނު އަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް މި ރާއްޖޭގައި އޮތުމަކީ ގާނޫނު އަސާސީގެ އަސްލާ ޚިލާފްވާ ކަމަކަށް ވާތީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ’އަޑީ ދައުލަތީ‘ ކޮަބައިކަން ދެނެގަނެ އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގެ އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ބެލުމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ވަނީ ބުނެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް