ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު ޒިންޒީ އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު، ޒިންޒީ މަންޑޭލާ 59 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

ސައުތު އެފްރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސްއޭބީސީ) އިން ހާމަ ކޮށްފައިވާ ގޮތުގައި ދެކުނު އެފްރިކާއިން ޑެމްނާކަށް ކަނޑައަޅާފައިވާ ސަފީރު، ޒިންޒީ އަވަހާރަވެފައިވަނީ ޖޮހަންސްބާގްގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ޒިންޒީގެ އަވަހާރަވުމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ މީޑިއާ އިން އަދި ނެލްސަން މަންޑޭލާގެ ފައުންޑޭޝަނުންވެސް ވަކި އެއްޗެކޭ ހާމަ ކޮށްފައެއް ނުވެއެވެ.

އެފްރިކަން ނޭޝަނަލް ކޮންގްރެސްގެ ސްޕޯކްސްމަން ޕިއުލް މޭބް ބުނީ، ޒިންޒީގެ މަރަކީ ކުއްލި މަރެއް ކަމަށެވެ.

ދެކުނު އެފްރިކާއިންނާއި އެސްވާޓިނީއިން ތައުލީމު ހާސިލްކޮށްފައިވާ ޒިންޒީ އަކީ ގިނަ ދުވަސްތަކެއް ވަންދެން ދެކުނު އެފްރިކާގެ މިނިވަންކަމާއި ދެކޮޅަށް ވާހަކަ ދައްކާފައިވާ ގިނަ ކަންކަމުގައި ހަރަކާތްރިވެފައިވާ ބޭފުޅެކެވެ.

ޒިންޒީ އަވަހާރަވުމާއި ގުޅިގެން ޑެންމާކުން ދެކުނު އެފްރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެލިން ރެފެލްޑް ބުނީ، ޒިންޒީ އަކީ އޭނާއާއި ކައިރިން މަސައްކަތް ކޮށްފައިވާ ހިތްހެޔޮ މީހެއް ކަމަށާއި، ޑެންމާކާއި ދެކުނު އެފްރިކާގެ ގުޅުން ބަދަހިކުރުމަށް ޒެންޒީ ނުހަނު ބުރަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް