އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދެނީ

215

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައެވެ. އަދީބު މިނިވަން ވުމުން، ޕީޖީއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވާފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަދީބު ފުރުން މަނާ ކުރުުމުގެ އަމުރަށް އެދުމުގެ މަސައްކަތް މިހާރު އެ އޮފީހުން ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ކޯޓުގައި އެ އަމުރު ނެެރެދިނުމަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ އަމުރު ކޯޓުން ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިންވެސް އަދީބަކީ ފިއްލަވާފާ ބޭފުޅެއް ކަމަށާއި ކުށުގެ ރިކޯޑުވެސް އޮތް މީހެއް ކަމަށެވެ. އެހެން ކަމުން ހައި ކޯޓުން މީގެ ކުރިން އެފަދަ މައްސަލައެއްގައި ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށް އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ދެކޭކަމަށް ޝަމީމް ވިދާޅުވި އެވެ.

އަދީބު ހައްޔަރުކޮށްފާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ހައްޔަރު ކުރަން ޖެހިއްޖެ ނަމަ، ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ޝަމީމް މިއަދު ވަނީ ކްރިމިނަލް ކޯޓުން ނިންމި ނިމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާަފަ އެވެ.

1 ހިޔާލު

  1. އަދީބުގެ ޙުކުމްތައް ބާތިލުކުރުމަށް އޭރު މިހާރުގެ ވެރިކަމުގައި މިތިއްބެވި ބޭފުޅުން ބާރު އެޅުއްވިއެވެ. ދެން އެ ހުރިހާ ޙުކުމްތައް ސުޕުރީމް ކޯޓުން އެންމެނަށް ބާތިލް ކޮށްދެއްވީއެވެ. ދެން ބޮޑު ހިބަރު ވަދުގައި ޖެހުނެވެ. ދެން ވީ ގޮތް އެންމެނަށްވެސް އެބަ އެނގެއެވެ. ވީމާ ސުޕުރީމް ކޯޓުން އަދީބު ބުރޯ ވެސް ފްރީ ކުރުވީ އެއްކަލަ ބޮޑު ހިބަރުގެ ދުވަސްވަރުގައެވެ. ވީމާ އެ ހިބަރާއި ގުޅިގެން ދޫކުރެވުނު ހުރިހާ އެންމެންގެ މައްސަލަތައް އަލުން ކޯޓުން ބަލަމާ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ