އަރަބިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ޑރ. ޝަހީމް މަސައްކަތް ފައްޓަވަނީ

Loading

Facebook
Twitter
WhatsApp

އަރަބި ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ފުރަތަމަ ފަހަރަށް އަރަބި ވެބްސައިޓެއް ތައާރަފުކޮށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފް.ކޮމް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގައިވެސް އެ އަރަބި ޕްލެޓްފޯމް އިފްތިތާހުކުރުމަށް ވަނީ ނިންމާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އަރަބި ބަހުން ޚާއްސަ ސޯޝަލް ޕްލެޓްފޯމުތަކެއް ހަދާފައި ނުވާ ކަމަށެވެ. އަދި އަރަބި ބަހުން ޕްލެޓްފޯމުތަކެއް ހަދައި އަރަބީންނަށް ރާއްޖެ ގެންގޮސްދޭގޮތެއް މީގެކުރީން ނޯންނަ ކަމަށެވެ.

މާލްދީފް ގުރޫޕުން ބުނީ އަރަބި ދުނިޔޭގެ އެންމެ އާދައިގެ މީހާއަށް ވެސް އޭނާގެ އަމިއްލަ ބަހުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމާބެހޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވެއްޖެނަމަ ރާއްޖެއަށް އަރަބީންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ކަމަށެވެ.

އާންމު އަރަބީން ރާއްޖޭގެ ތަންތަނާއި ރާއްޖޭގެ ސަގާފަތާ ގުޅޭގޮތުން އިތުރަށް އެނގެން ބޭނުންވާ ކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން އަރަބީންނަށް ގިނަ މައުލޫމާތު އޮޅުން ފިލައިގެން ގޮސްފިނަމަ ގިނަ އަރަބީންގެ މެދުގައި ރާއްޖެ ވަރަށް ބޮޑަށް މަގުބޫލުވެގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް