އެމްޓީސީސީގެ ބޯޑަށް ބޭފުޅަކު އައްޔަން ކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކޮށްފައި ވަނީ މުހައްމަދު ފަރީދު، ރޭވަވިލާ، ފ. ފީއަލީ އެވެ. އޭނާ ބޯޑަށް އައްޔަނު ކޮށްފައި ވަނީ ނަން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

އެމްޓީސީސީ ގެ ބޯޑު ޑިރެކްޓަރުންގެ ތެރޭ ދެން ހިމެނެނީ

  1. މުހައްމަދު ފަހީމް – ޗެއާމަން
  2. އާދަމް އާޒިމް – ސީއީއޯ
  3. ޝާހިދު ހުސެން މޫސާ – ސީއޯއޯ
  4. ސިނާން އަލީ – ޑިރެކްޓަރު
  5. އަހުމަދު އަބޫބަކުރު – އާންމުން ތަމްސީލު ކުރާ ޑިރެކްޓަރު
  6. ފަތުހުﷲ އިސްމާއިލް – އާންމުން ތަމްސީލު ކުރާ ޑިރެކްޓަރު

ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީ އަކީ ރާއްޖެގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް