ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށް ދައުވާއެއް އުފުލައިފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިފި އެވެ.

ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުމުންނެވެ. އަދި ފަޅެއް، ސަބްލީސް ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތަށް ސޯލިހު ވަނީ ސިޓީއަކުން އަންގާފައިވާ ކަމަށްވެސްވެ އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ޑރ. އަހުމަދު ސޯލިހު ވަނީ ދައުވާއަށް އިންކާރުކުރައްވައިފަ އެވެ. އަދި ދެ ފަރާތުން ވަނީ ހެކި ހުށަހަޅާފަ އެވެ.

ދައުލަތުން ސޯލިހާ ދެކޮޅަށް ޝަފަވީ ހެކިންގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ދެ ލީގަލް އޮފިސަރަކު ހުށަހެޅި އިރު،ި ކިތާބީ ހެކީގެ ގޮތުގައި ކޮމިޝަނާއި މިނިސްޓްރީގެ މުއާމަލާތްތަކާއި ސޯލިހާއި ކުއްޔަށް ނަގާފައިވާ ކުންފުނިތަކާ މެދު ވެފައިވާ މުއާމަލާތްތަކާއި މިނިސްޓްރީގެ ބައެއް މެމޯތައް ހުށަހަޅާފައިވެ އެވެ.

ޑރ. ސޯލިހުގެ ފަރާތުން ހުށަހެޅި ޝަފަވީ ހެކީގެ ތެރޭގައި އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ހިމެނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް