ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ހުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން ނަގާފައިފައިވާ ފަޔާ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސުގެ މައްޗަށް ކްލައިމް ކުރެވޭނެ ކަމެއް ކަމަށާއި އެއީ ބަދަލު ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

”އަދި ބަޔާންވެ ދިޔަ ހާދިޝާ އާ ގުޅިގެން ހއ. އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784.59 ޑޮލަރަކީ“ އެލައިޑްގެ ފަރާތުން ޔޮޓް ޓުވާސް އަށް ދައްކަން ޖެހޭ ފައިސާ އެއް ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ސޮއި ކުރައްވާފައިވާ ހުކުމުގައި ބުނީ އެ ފައިސާ މިއަދުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލާގައި ދައުވާ ކުރުމުން ސިވިލް ކޯޓުން އޭރު ނިންމީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ. ނަމަވެސް ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން، އެ ކޯޓުން ސިވިލް ކޯޓަށް އެންގީ އެ މައްސަލަ ބެލުމަށެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން ނިންމި ގޮތް ރަނގަޅު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް