އެމްއޭސީއެލްގެ ހިދުމަތުން މޫސާ ސޯލިހް ރިޓަޔާ ކުރައްވައިފި

90

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި، މޫސާ ސޯލިހު 39 އަހަރަށްފަހު ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.

އެމްއޭސީއެލްގެ އެކި މަގާމުތައް ފުރުއްވި މޫސާ ސޯލިހް އެންމެ ފަހުން އަދާ ކުރެއްވީ، އެ ކުންފުނީގެ އެކްޓިން މެނޭޖިިން ޑިރެކްޓަރުގެ މަގާމެއެވެ. އެ މަގާމަށް ސަރުކާރުން މިހާރު ވަނީ އިނގިރޭސީ ވިލާތުގެ ރައްޔިތެއް ކަމަށްވާ، ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖައްސާފައެވެ.

އެމްއޭސީއެލްގެ މުވައްޒަފުނަށް މިއަދު އެ ކުންފުނިން ފޮނުވި ސާކިއުލާގައި ބުނީ، މޫސާ ސޯލިހް މިއަދުން ފެށިގެން ކުންފުނީގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެ ކުންފުޏަށް ހިދުމަތްކޮށް، އިސް މަގާމުތަކެއް މޫސާ ސާލިހް ފުރުއްވި ކަމަށްވެސް އެ މެމޯގައި ފާހަގަކޮށްފައިވެއެވެ.

“އެ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ހުރިހާ މުވައްޒަފުންގެ ނަމުގައި އެ މަނިކުފާނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނަށް އުފާ ފާގަތިކަން ކަމަށް އެދެމެވެ،” ސާކިއުލާގައި ބުނެފައިވެއެވެ.

މޫސާ ސޯލިހް މިއަދު ހިދުމަތުން ރިޓާޔާ ކުރެއްވި އިރު، އާ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި، ގޯޑަން އެންޑްރޫ ސްޓީވާޑް ވަނީ މިއަދުން ފެށިގެން ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފައެވެ.

މޫސާ ސޯލިހް އެމްއޭސީއެލްއާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވީ، ނޮވެމްބަރު 15، 2018 ގައި އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެވެ. މޫސާ ސޯލިހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑު ބޭބެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ