އދ ގެ 172 ޤައުމަކާއެކު ޚާރިޖީ ގުޅުން ބަދަހިކުރެވިއްޖެ: ޝާހިދު

Loading

Facebook
Twitter
WhatsApp

އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 172 ޤައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކުރައްވާފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ޑިޕްލޮމެޓިކް ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވި މިބައްދަލުވުމުގައި ވާހަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ މިނިވަން ދުވަސް މިއަހަރު މިފާހަގަކުރަނީ ކޯވިޑް-19ގެ ބަލިމަޑުގެ ދުވަސްވަރެއްގައިކަމަށާ، މިބަލިމަޑުގެ ސަބަބުން ރާއްޖެއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.

އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު 110 ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޤައުމަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. މިނިސްޓަރ ޝަހިދު ވިދާޅުވީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެންވެސް ރާއްޖެއަށް ކުރިމަތިވީ މިފަދަ ޙާލަތެއްކަމަށާ، މިފަދަ ކަންކަމަމުން އަރައިގަނެވޭނީ ޤައުމުތަކުގެ އެހީތެރިކަމާއެކުކަމަށެވެ.

 

Loading

One Response

  1. އެހެންތޯ؟ ކިހާ ޚަރަދެއް ރައްޔަތުންގެ ޓެސް އިން ޚަރަދުކޮށްގެންތޯ ވެސް ވިދާޅުވެ ދެއްވުން ރަނގަޅު. އަދި ދަންނަވަމެވެ. އެމީހަކުގެ ފަޔަށްވުރެ ބޫޓުގެ ސައިޒް ބޮޑުވެއްޖެނަމަ ފައިން ބޫޓު ވަރަށް ފަސޭހައިން ދެމިގަންނާނެއެވެ. މާނައަކީ ބޫޓުފައިން ދެމިގެން ގޮސްފިނަމަ ދެން ހުންނަވާނީ ހުސްފަޔާއެވެ. މިދެންނެވީ ވަރަށް ވާހަކައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް