ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންތަކެއް ދޫކޮށްލަން ކޯޓަށް!

Loading

Facebook
Twitter
WhatsApp

ބ.ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކުރި 19 ބިދޭސީން ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ނޫސްބަޔާނެއް ހުށަހަޅައިފިއެވެ.

އެނޫސްބަޔާނުގައި ވަނީ ބިދޭސީން އިމިގްރޭޝަނާއި ހަވާލުކުރީ ޑީޕޯޓް ކުރަން ކަމަށް ބުނެ ކަމަށާއި، އެހެންވިޔަސް އިމިގްރޭޝަންގެ ޤާނޫނާ ޚިލާފްނުވާ ބަޔަކު ނުރުހުގައި ރާއްޖެއިން ފޮނުވާލަން އިމިގްރޭޝަނާއި ހަވާލު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށެވެ.

އަދި ޖަލުތަކުގައި ޕެރޯލްގެ ޤާނޫނު އޮންނަ ގޮތުން، ތުހުމަތުތަކުގައި މީހުން ބަންދުކުރެވޭ ތަންތަނުގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރ ނުހިމެނޭނެ ކަމަށާއި އެގޮތަށް އެޤާނޫނުގައި ބަޔާން ނުކުރާ ތަނެއްގައި ބަންދު ކުރުމަކީ އެންޓި ތޯޗަރގެ ޤާނޫނުގައި ބުނާ ގޮތުން ޓޯޗާގެ ޢަމަލެއް ކަމމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިވަގުތު ޖުމްލަ 23 ބދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން ބޮޑުފިނޮޅުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެނެސްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. އެބިދޭސީން ހުޅުމާލެއަށް ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުފިނނޮޅުގައި ފެނާއި ކަރަންޓާއި ކައްކާނެ ދަރު ނެތިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް