މައިކްރޯ ޕްލާސްޓިކް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް ދިރާސާއަކުން ބުނެފި

Loading

Facebook
Twitter
WhatsApp

މައިކްރޯ ޕްލާސްޓިކް މުޅި ދުނިޔޭގައިވެސް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ ސައިންސްވެރީން ހެދި ދިރާސާއަކުން ބުނެފިއެވެ.

އެގޮތުން މިދިރާސާ ހެދުމަށްޓަކައި ޅ.ނައިފަރު ވަށައިގެން ތަފާތު 22 ތަނަކުން ވެލި ނަގައިގެން ޕްލާސްޓިކް ހުރި މިންވަރު ވަނީ ބަލާފައެވެ. މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޓޯބީ ޕަޓީ ބުނެފައިވަނީ މައިކްރޯ ޕްލާސްޓިކް ހުރި މިންވަރު ވަރަށް ގިނަ ކަމަށެވެ.

މީގެ އިތުރުން މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ސައިންސްވެރީން ބަލަނީ ފަސް މިލިލީޓަރަށް ވުރެ ބޮޑު ނޫން ޕްލާސްޓިކް ކުނީގެ ގޮތުގައި ދޫވެފައި ހުންނަ ތަކެއްޗެވެ. އަދި އޭގެ ސަބަބުން ހާއްސަކޮށް ފަރުތަކުގެ އިތުރުން މަސް މަހާއި މެއްސަށް އެތަކެތި ކެވިގެން އޭގެ ނުރައްކާ ފަހުން އިންސާނުންނާ ހަމައަށްވެސް ވާރުތަ ކުރާ ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.
މިދިރާސާއަށް ފަހު އެޓީމް ދެން މަސައްކަތް ކުރަނީ ފަރުމަހުގެ ބަނޑުގައި މައިކްރޯ ޕްލާސްޓިކް ހުރި މިންވަރު ދިރާސާކުރަން ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް