ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކެންސަލް

Loading

Facebook
Twitter
WhatsApp

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކެންސަލް ކޮށްފފައިވާކަމަށް މަޖިލިހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

މަޖިލިހުގެ އިދާރާއިން ވިދާޅުވެފައިވަނީ ދެން ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށާއި މިހަފްތާގައި އިތުރު ޖަލްސާއެއް ނޯންނާނެ ކަމަށެވެ. އަދި މިކަން މެންބަރުންނަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް ތިން ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް މަޖިލިހުގެ ކޮމިޓީތައް ކުރިއަށް ދާނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ. އާއްމުކޮށް މަޖިލިހުގެ ޖަލްސާތައް އޮންނަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން މަޖިލިހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދިއުމަށް ބައެއް މެންބަރުން ގޮވާލާފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މަޖިލިސް ރައީސް އަދި ވަކި ގޮތެއް ނުނިންމަވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް