ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވޭ: ބައިރޫތުގެ ރައީސް

Loading

Facebook
Twitter
WhatsApp

ލުބްނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ބާރުގަދަ ގޮވުންތަކުގެ ސަބަބުން ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބައިރޫތުގެ ރައީސް ވިދާޅުވެއްޖެއެވެ.

އެހާދިސާގެ ސަބަބުން އެ ސިޓީއާ ދުރުގައި ހުރި ތަންތަނަށާއި ޢިމާރާތްތަކަށްވެސް ވަރރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އަދި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ، 4000 އަށް ވުރެ ގިނަ މީހުން ޒަޚްލުވެ ފަރުވާ ދެމުންދާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މިއަދަދުތައް އިތުރުވާނެ ކަމަށްވެސް އެގަުމުގެ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތައް ނުކުޅެދިފައި ވާއިރު 100 އަށް ވުރެ ގިނަ މީހުން ވީތަނެއް ނޭނގިގެން ވަނީ ރިޕޯޓްކޮށްފައެވެ.

ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސްއެއްގައި ހުރި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށެވެ. އަދި އެތަނުގައި އެތަކެތި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެއެވެ.

ކުރިއަށް އޮތް ދެހަފްތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށށް މަޝްވަރާ ކުރަމުންދާއިރު، ގޮވުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް