އިންޑިއާ ފަތުރުވެރީން އަންނަން ބޭނުންވަނީ ރާއްޖެ: ދިރާސާ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޯޑަރުތައް ހުޅުވާލުމާއެކު، އިންޑިއާގެ ފަތުރުވެރީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށްޓަކައި އަންނަން ބޭނުންވަނީ ރާއްޖެއަށް ކަމަށް މަޝްހޫރު ޓްރެވަލް-ޓެކް ކުންފުނި ”ޕިކްޔޯޓްރެއިލް“ އިން ކުރި ދިރާސާއަކުން ދައްކާފިއެވެ.

މިދިރާސާގައި 2500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެެވެ. އަދި ހަމަ އެހެންމެ ސާވޭގެ ބައިވެރިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުއްމީދު ކުރަނީ މިއަހަރު ޑިސެމްބަރ މަސް ނިމުމުގެ ކުރީން ޗުއްޓީއަށް ދެވޭނެ ކަމަށެވެ.
މިދިޔަ އަހަރު 160،000އަށް ވުރެ ގިނަ އިންޑިއާ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ އިރު، އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 83 ޕަސެންޓު އިތުރުވުމެކެވެ. މީގެ އިތުރުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައްވާފައިރު، އިންޑިއާ އާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް އެދިފައެވެ.

ބޯޑަރު ހުޅުވާލި މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 1769 ޓޫރިސްޓުންނެވެ. ނަމަވެސް އެއަދަދު މިއަހަރު ފަހުކޮޅު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް