ބެއިރޫތު ހާދިސާގައި ބޭރުގެ ނުފޫޒެއް އެބައޮތްބާ؟

88

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި މިދިޔަ އަންގާރަ ދުވަހު ގޮވާފައިވާ ބާރުގަދަ ގޮވުމުގެ ފަހަތުގައި ބޭރުގެ ނުފޫޒެއް އޮތްތޯ ތަހުގީގު ކުރަމުން އަންނަކަމަށް އެގައުމުގެ ރައީސް މައިކަލް އައިން ހާމަކުރައްވައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ކަށަވަރު ނުވާއިރު މިއީ އެކްސިޑެންޓެއް ކަމަށް ގިނަބަޔަކު ބުނާއިރު މިއީ ފަރުވާކުޑަކަމުން ހިނގާދިޔަ ހާދިސާއެއް ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. މިމޭރުމުން ވާހަކަ ދެކޭވޭއިރު މިހާދިސާގެ ފަހަތުގައި ރޮކެޓެއް، ބޮމެއް ނުވަތަ އެނޫންވެސް އެހެން ގޮތަކުން ބޭރުގެ ފަރާތެއްގެ އަތެއް އޮތުން އެކަށީގެންވާކަމަށް އެގައުމުގެ ރައީސް ވިދާޅުވިއެވެ.

ރައީސް އައުން ވިދާޅުވީ، މި ހާދިސާގެ ތަހުގީގު ތިން ފަންތިއެއްގައި ކުރިއަށްދާކަމަށާއި، ފުރަތަމަ މަރުހަލާއަކީ ގޮވާޒާތުގެ ތަކެތި ގުދަނަށް ވެއްދުނު ގޮތަކާ، އެ ތަކެތި ގުދަން ކުރެވިފައި އޮތް ދެނެގަތުމުގެ މަރުހަލާ ކަމަށެވެ. އަދި ދެވަނަ މަރުހަލާއަކީ ހާދިސާ ހިނގާފައިވަނީ ފަރުވާ ކުޑަވެގެންތޯ ނުވަތަ އެކްސިޑެންޓަކުން ތޯ ދެނެގަތުމުގެ މަރުހަލާ ކަމަށާއި، ތިންވަނަ މަރުހަލާއަކީ ބޭރުގެ ނުފޫޒެއް އޮތްތޯ ބެލުމަށް ކުރިއަށްދާ މަރުހަލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނުދެނެތިއްބައި މުޅި ބެއިރޫތު ބިމާހަމަކޮށްލި މި ގޮވުމަކީ ބޭރުގެ ހަމަލާއެއްކަމަށް ލުބުނާނުން އަދި ބުނެފައި ނުވާ ނަމަވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މިއީ ގަސްތުގައި ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ބެއިރޫތުގައި ހިނގާދިޔަ މި ބިރުވެރި ހާދިސާގައި 137 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 5000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

1 ހިޔާލު

  1. ވަރަށް ވައްތަރު. އަބަދުވެސް ލެބެނަން އެއީ އެ ސަރަހައްދުގެ ބައިވެރިން ސިިޔާސީ ހަންފަތުރަން ބޭނުންވާތަނެއް. ސައޫދީ ޢަރަބިޔާ އެއީ ލެބެނާން އަށް ދިމާވެފައިވާ އެންމެބޮޑު މުސީބާތެވެ. ވަރަށް ދެރަވެއްޖެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ