ޑރ މައުސޫމް ޓުއަރިޒަމް މިނިސްޓަރަކަށް!

Loading

Facebook
Twitter
WhatsApp

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރ ޑރ ޢަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރައްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރަކަށް، މައުސޫމް އައްޔަނު ކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި އަލީ ވަހީދު، މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން މަޤާމު ހުސްވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ރައީސުލްޖުމްހޫރިއަޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން އިބްރާހީމް ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް ގެ މަޤާމަށް، ޑރ ޢަބްދުﷲ މައުސޫމް ދަފްތަރު ނަންބަރު 4336 އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިކަމަށެވެ.

ޑރ. މައުސޫމް އަކީ ކޮން ބޭފުޅެއް؟

ޑރ މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީސް ޙާސިލްކުރައްވާފައެވެ. އަދިމީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލް ކުރައްވާފައެވެ.

ޑރ މައުސޫމް ފުރުއްވައިފައިވާ މަޤާމްތަކުގެ ތެރޭގައި 2008 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއ، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަމެންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި،2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރ ކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމްތައް ފުރުއްވައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެމްބަރުކަންވެސް ކުރައްވައިފަވެއެވެ.

މީގެ އިތުރުން އެންމެފަހުން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމް ވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް