ޕާޓީކުރާ ގެތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެކަށައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް ބޮޑެތި އެއްވުންތަކާއި އަދި ޕާޓީތައް ބާއްވާ ގެތަކުން ކަރަންޓާއި އަދި ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފައިވާ ކަމަށް ލޮސްއެންޖަލެސްގެ މޭޔަރު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ގެތަކުގައި ބާއްވާ ޕާޓީތައް ނައިޓް ކްލަބުތަކަށް ބަދަލުވެފައިވާ ކަމަށާއި މިފިޔަވަޅު އަޅަން ނިންމާފައިވާ ވަނީ ކޮވިޑް-19 އިތުރަށް ފެތުރުމުގެ ބިރު އޮތުމުން ކަމަށެވެ. މިކަން ހުކުރު ދުވަހުން ފެށިގެން ވެސް ތަންފީޒު ކުރާނެ ކަމަށްވެސް ވިދާޅުވެފަވެއެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ސްޓޭޓްތަކުގެ ތެރޭގައި ލޮސްއެންޖަލެސް ނިސްބަތްވާ ކެލިފޯނިޔާ ސްޓޭޓުގައި 532،000 މީހުން ޕޮސިޓިވްވެ 9872 މީހުން ވަނީ މަރުވެފައެވެ.

Loading

One Response

  1. ބިރެއްނެތި މަޖާކުރުމަކީ އެޖެންޑާ19ގެ ރައިސްގެ އެންމެބޮޑަށް އެދޭކަންތައް. ދެން ކިހިނެއްތޯ މަނާކުރާނީ. ދަތިކުރާނީ!
    އެޖެންޑާ19 އާއި އެކު އެއައީ ބަދުނަސީބު ކޮވިޑް19. އެއްޗެއްވިސްނެން އެބަޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް