"މޫލީ" އަށް 1 އަހަރު!

Loading

Facebook
Twitter
WhatsApp

”މޫލީ“ އަށް 1 އަހަރު! އުރީދޫގެ އީކޮމާސް ޕްލެޓްފޯމް އަށް 1 އަހަރު ވުމުގެ ހާއްސަ މުނާސަބަތް އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ. .

ކަސްޓަމަރުންނާއި ގާތްގުޅުމެއް އުފައްދާފައިވާ މޫލީ އަށް އަހަރެއް ފުރުމުގެ މި ހާއްސަ މުނާސަބަތާއި ގުޅިގެން އުރީދޫ އިން ބުނީ، އަހަރު ދުވަހުގެ ތެރޭގައި 10،000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫލީ މެދުވެރިކޮށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ތައާރަފްކުރެވުނު މި ޕްލެޓްފޯމް 14 ކެޓެގަރީއަކުން މަގުބޫލުކަން ހޯދާފައިވާއިރު 36 ކުންފުންޏެއްގެ އެތައް ބާވަތެއްގެ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެންގެންވެސް ވިޔަފާރި ކުރެވޭނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫއިން އިތުރަށް ބުނީ، މޫލީގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މުޅި އޮގަސްޓް މަހުގެ ތެރޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތަކާއި ގުޅޭ ތަފްސީލުތައް މޫލީގެ މީސްމީޑިއާގައި ހިއްސާކުރާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

މޫލީ އިން ލިބެން ހުރި ބާވަތްކުގެ ތެރޭގައި، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ. ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގް އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއިއެކު ގިނަ ކަސްޓަމަރުންނާއި މުއާމަލާތްކުރުމުގެ މަގު ފަހިކޮށްދީފައިވާ މި ޕްލެޓްފޯމުން ހިލޭ ވެއަރ ހައުސް ހިދުމަތް ލިބޭއިރު، ރާއްޖޭގެ އެކު ހިސާބުތަކަށް ވިޔަފާރިތަކުން ތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ގުޅިގެން މޫލީ އިން ވަނީ ކާބޯތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް