ރަނިލް އަށް ބޮޑު ނާކާމިޔާބެއް! ގޮނޑި ގެއްލުނީ މެދުނުކެނޑި 42 އަހަރަށް ފަހު

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން މެދުނުކެނޑި 42 އަހަރު ފުރުއްވަމުން ގެންދެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގޮނޑި ގެއްލިއްޖެ އެވެ.

ލަންކާގައި ބުދަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު ރަނިލްގެ ގޮނޑި ވަނީ ގެއްލިފައެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ އިރު، ސީދާ ވޯޓުން ހޮވާ އެއްވެސް ގޮނޑިއެއް ޔޫއެންޕީއަށް ލިބިފައި ނުވެ އެވެ.

އުމުރުފުޅުން 71 އަހަރުގެ ރަނިލް ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންފައި ވަނީ 1978 ވަނަ އަހަރުއެވެ. އެއީ ކުރީން ވަކި އިލެކްޓޯރަލް ޑިސްޓްރިކްޓެއްގެ ގޮތުގައި އޮތް ބިޔާގަމައިންނެވެ. އޭގެ ފަހުން ފާއިތުވި 42 އަހަރުގެ ތެރޭގައި ބޭއްވި އަށް އާއްމު އިންތިހާބުގައި ވެސް ރަނިލް ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ގޮނޑިއެއް ކާމިޔާބު ކުރައްވވާފައެވެ. 2015 ވަނަ އަހަރު ފަސްލައްކަ ވޯޓާއެކު ރެކޯޑް އަދަދަކަށް ވޯޓް ހޯއްދަވައިގެން ގާނޫނު ހަދާ މަޖިލިހަށް ވަނީ އިންތިހާބު ވެވަޑައިގެންފައެވެ.

މީގެ 26 އަހަރު ކުރިން، 1994 ވަނަ އަހަރުން ފެށިގެން ޔޫއެންޕީގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެއީ 1993އިން 1994އަށް އަދި 2001އިން 2004އަަށް އަދި 2015އިން މިދިޔަ އަހަރާ ޖެހެންދެނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް