ޓްވިޓާ ހެކް ކުރުމުގެ މޭސްތިރިއަކީ ކުޑަކުއްޖެއް، ހައްޔަރުކޮށް ދައުވާ ކޮށްފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ މަޝްހޫރު ޝަހްސިއްޔަތުންގެ ރަސްމީ ޓްވިޓާ އެކައުންޓްތައް ހެކްކުރުމުގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ.

މިއަހަރުގެ ޖުލައިމަހު ހިންގި މި ޖަރީމާގެ ފަހަތުގައި ކުޑަކުއްޖެއް ވާއިރު، އެކުއްޖާގެ އިތުރުން ދެ ޒުވާނަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ. ”ކްރިޕްޓޮކަރަންސީ ބިޓްކޮއިން ސްކޭމް“ އެއްގެ ގޮތުގައި ހެކްކޮށްފައިވާ ޓްވިޓާ ހޭންޑްލްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މިހާރުގެ ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން، މިނިވަން ރިޔާސީ ކެންޑިޑޭޓް އަދި މަޝްހޫރު ރެޕާ ކާންޏޭ ވެސްޓްގެ އިތުރުން ބިލިއަނަރު އީލޯން މަސްކް ހިމެނެއެވެ.

އެމެރިކާގެ އެޓާނީ ޑޭވިޑް އެންޑާސަން ހާމަކުރައްވާގޮތުގައި މި ހަމަލާގައި ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ، އުމުރުން 19 އަހަރުގެ މޭސަން ޝެޕާޑް، ފްލޮރިޑާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ނީމާ ފަޒީލީގެ އިތުރުން 18 އަހަރު ނުވާ ކުއްޖެކެވެ. އޮންލައިން ޕްލެޓްފޯމުތަކުގައި ދޭ ވަރުގަދަ ހަމަލާތަކަކީ ފިލާ ތިބެ، ކޮން ބައެއްކަން ނޭނގޭނެ ގޮތަށް ހިތާ ދޭ ހަމަލާތަކެއް ކަމަށް ކުރެވެނީ ކުށް ހީއެއް ކަމަށް އެޓާނީ އެންޑަސަން ވިދާޅުވިއެވެ. މަޖަލަކަށް ނުވަތަ ފައިދާއެއް ހޯދަން ކަމުގައި ވިޔަސް މިފަދަ ޖަރީމާއެއް ކުރު މުއްދަތެއްގައި ނޫނީ ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚަބަރުތައް ބުނާގޮތުގައި މި މައްސަލާގައި ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ގްރާމް އިވާން ކްލާކް ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ހިލްސްބަރޯ ސްޓޭޓް އެޓާނީ އެންޑްރޫ ވޮރަން އާންމު ކުރައްވާފައިވަނީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ޖަރީމާގެ ”މޭސްތިރިއަކީ“ ވެސް ކްލާކްއެވެ.

ހެކަރުންގެ މި ހަމަލާ އަމާޒުވި އެކައުންޓްތަކުން ޖަރީމާއާއި ގުޅިފައިވާ އެކައުންޓްތަކަށް 400 އަށްވުރެ ގިނަ ޓްރާންސްފާއެއް ކޮށްފައިވެއެވެ. މި ފައިސާގެ އަގު 11745758 ޑޮލަރަށް އަރާ ކަމަށް ޚަބަރު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް